ކ.މާފުށީ އަތިރިމަތިން 10 ދަޅު ބިޔަރާއި ވޮޑުކާފުޅިއެއް ހޯދައި އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މިތަކެތި ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 9:45 ހާއިރު ކަމަށެވެ. އަދި މާފުށީ ޕޮލިސް ސްޓޭޝަނަށް އާއްމު ފަރާތަކުން ދިން މަޢުލޫމާތަކާއި ގުޅިގެން މިތަކެތި ހޯދާފައި ވަނީ އެރަށުގައި ހުންނަ ތަޢުލީމާ މަސައްކަތް އުގަންނައިދޭ މަރުކަޒު ސަރަހައްދު އަތިރިމަތީ އެހެލާފައި އޮތް ދޯންޏެއްގެ ކައިރީ ބަހައްޓާފައި ހުއްޓައި ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވިނަމަވެސް މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް