ހުޅުމާލޭގައި ކެފޭ އާއި ސުޕަރމާކެޓު ހެދުމަށް ކުރިމަތިލީ އެންމެ ފަރާތަކުން

ހުޅުމާލޭގައި ކެފޭ އާއި ސުޕަރމާކެޓު ހެދުމަށް ކުރިމަތީ އެންމެ ފަރާތަކުންކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕްރޭޝަނުން ބުނެފިއެވެ. އެޗްޑީސީ އިން ބުނީ ހުޅުމާލޭގެ ޗައިނާ ފްލެޓް ސަރަހައްދުގައި ސުޕަރމާކެޓަކާ ...

07 Nov 2015 | 07:37

ހުޅުމާލޭގައި ކެފޭ އާއި ސުޕަރމާކެޓު ހެދުމަށް ކުރިމަތީ އެންމެ ފަރާތަކުންކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕްރޭޝަނުން ބުނެފިއެވެ.

އެޗްޑީސީ އިން ބުނީ ހުޅުމާލޭގެ ޗައިނާ ފްލެޓް ސަރަހައްދުގައި ސުޕަރމާކެޓަކާ އެކު ކެފޭއެއް ހިންގަން ހުޅުވައިލި ފުރުޞަތުގައި ކުރިމަތިލާފައިވަނީ ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ރެޑް ވޭވް ޕްރައިވެޓް ލިމިޓެޑުން އެކަނި ކަމަށެވެ.

އެޗްޑީސީން ކޮއްފައިވާ އިޢުލާނާއި ގުޅިގެން ހުޅުމާލޭގެ ނެއިބަރހުޑް ތިނެއްގައި ސުޕަ ރމާކެޓަކާ އެކު ކެފޭއެއް ހިންގަން ރެޑްވޭވުން ކުލީގެ ގޮތުގައި ހުށަހަޅާފައި ވަނީ އަކަފޫޓަކަށް ވިހި ރުފިޔާގެ ރޭޓުން ކަމަށްވަ އިރު، އެ އަގަކީ އެންމެ މަދުވެގެން ހުށަހަޅަން ޖެހޭ އަގުގެ ގޮތުގައި ހަމަޖައްސާފައިވާ ރޭޓެވެ.

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ހިއްސާ އޮންނަ ރެޑްވޭވްގެ ފަރާތުން ބިޑް ހުށަހެޅީ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ކުންފުނިން ބިޑް ހުށަހަޅާފައި ވަނީ ފަސް އަހަރު ދުވަހަށެވެ.

ރެޑްވޭވްގެ ބިޑް ޕްރޮޕޯސަލް އިވިއުލޭޓް ކުރަމުން އަންނަ ކަމަށާއި ހުޅުމާލޭގައި ރަނގަޅު ފެންވަރުގެ އަގު ހެޔޮކޮށް ގިނަ ބާވަތްތައް އެއްތަނަކުން ލިބޭ ފެންވަރުގެ ސުޕަރމާކެޓެއް ހަދަންބޭނުންކަމަށް އެޗްޑީސީ އިން ބުނެއެވެ. އަދި މިހާރުވެސް ގޭގެއަށް ބޭނުންވާ ކާބޯތަކެތި ގަންނަން ކޮންމެ ދުވަހަކު އެތައް ބަޔަކު ދަތުރު ހަދައިގެން މާލެ އަށް ދަތުރުކުރަމުންދާތީ މިފަދަ ބޮޑު ތަނެއް ހެދުމުން އެތައް ބަޔަކަށް ފަސޭހަވެގެންދާނެކަމަށްވެސް އެޗްޑީސީ އިން ބުނެއެވެ.

އެޗްޑީސީން ކުރި އިއުލާނުގައި ބުނެފައި ވަނީ 15 އަހަރު ދުވަހަށް ޗައިނާ ފްލެޓް ސަރަޙައްދުން ކުއްޔަށް ދިނުމަށް ނިންމާފައި ވަނީ 9،591 އަކަފޫޓުގެ ތަނެއް ކަމަށާއި  އޭގެ ތެރެއިން ކެފޭ ހިންގުމަށް 1،000 އަކަ ފޫޓު ދެވޭނެ ކަމަށެވެ.

ޗައިނާ ފްލެޓް ސަރަހައްދުގައި ދިހަހާހެއްހާ މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް