މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަން އެކުލަވައިލި ފޯސް ގެއަށް ފޮނުވާލުމަށްފަހު ސެކިއުރިޓީ އެމްއެންޑީއެފަށް

ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެކުލަވައިލި ފޯސް އެއްކޮށް ގެއަށް ފޮނުވާލުމަށްފަހު މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ. މިކަމުގައި އެމްއެން...

07 Nov 2015 | 05:43

ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެކުލަވައިލި ފޯސް އެއްކޮށް ގެއަށް ފޮނުވާލުމަށްފަހު މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

މިކަމުގައި އެމްއެންޑީއެފްގެ ބަހެއް ނުލިބުނު ނަމަވެސް ދުވަހަށް ކަށަވަރުވެފައި ވާގޮތުގައި 17 މީހުންގެ މައްޗަށް އެކުލެވޭ ސެކިއުރިޓީ ފޯސް ގެއަށް ފޮނުވާފައިވަނީ މަޖިލީހުގައި ނައިބު ރައީސް އަހުމަދު އަދީބުގެ ވޯޓު ނެގި ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުން އެމްއެންޑީއެފުން ހަވާލުވެފައިވާއިރު އެމްއެންޑީއެފުން ވަނީ މަޖިލީހުގައި ސެކިއުރިޓީ ވަރުގަދަކޮށް އިތުރު ސްކޭނިން ސިސްޓަމެއްވެސް މަޖިލީހުގައި ހަރުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް