މިދިޔަ މަހު އެކަކުން ފެށިގެން އިޒްރޭލު ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 73 އަށް

ފަލަސްތީނުގެ ގާޒާގެ ބޯޑަރު ކައިރީގައި ފަލަސްތީނުގެ އާންމުންނާއި އިޒްރޭލު ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި އިއްޔެވެސް ފަލަސްތީނުގެ ރައްޔިތަކު ޝަހީދު ވެއްޖެ އެވެ. ފަލަސްތީނުގެ ހެލްތު މިނިސ...

07 Nov 2015 | 04:32

ފަލަސްތީނުގެ ގާޒާގެ ބޯޑަރު ކައިރީގައި ފަލަސްތީނުގެ އާންމުންނާއި އިޒްރޭލު ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި އިއްޔެވެސް ފަލަސްތީނުގެ ރައްޔިތަކު ޝަހީދު ވެއްޖެ އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކުރާ ގޮތުގައި އިއްޔެގެ ހަމަލާގައި ޝަހީދުވެފައިވަނީ ސަލާމޭ އަބޫ ޖަމާ ނަމަކަށް ކިޔާ 23 އަހަރުގެ ޒުވާނެކެވެ.

ފަލަސްތީނުގެ ރައްޔިތަކަށް ބަޑީގެ ހަމަލާއެއް ދިން ކަމަށް އިޒްރޭލުންވެސް ވަނީ ބުނެފަ އެވެ. އިޒްރޭލުން ބުނީ ފަލަސްތީނު ރައްޔިތެއް ގަޔަށް ބަޑި ޖަހަން މަޖުބޫރުވީ ކަނޑައަޅާފައިވާ އިން ހުރަސް ކުރުމުން ކަމަށެވެ.

އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް، އިޒްރޭލާއި ފަލަސްތީނުގެ ކުރިމަތިލުންތަކުގައި 73 ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވެފައި ވެ އެވެ. އިޒްރޭލުގެ ނުވަ މީހަކު މަރުވެފައި ވެ އެވެ.

މި ފަހުން އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު ގޯސްވެފައިވަނީ މުސްލިމުންގެ ތިން ވަނަ އަށް އެންމެ މުގައްދަސް ބިނާ ކަމުގައިވާ މަސްޖިދުލް އަގްސާ ހުންނަ ގުދުސްގެ ބިމަށް ފަލަސްތީނުގެ ރައްޔިތުންނަށް ނުވަދެވޭނެ ކަމަށް އިޒްރޭލުން އެންގުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް