އިންޑިއަން ސުޕަރލީގު: ޕެނަންޓް ޕޫނޭ އެފްސީއާއި ގުޅިއްޖެ

ކުރީގެ ލިވަރޕޫލް އަދި އަރސެނަލްގެ " ވިންގަރ " ޕެނަންޓު އިންޑިއަން ސުޕަރލީގުގެ ޕޫނޭ އެފްސީއާއި ގުޅިއްޖެއެވެ. މިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އިންޑިއަން ސުޕަރލީގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕ...

07 Nov 2014 | 08:13

ކުރީގެ ލިވަރޕޫލް އަދި އަރސެނަލްގެ " ވިންގަރ " ޕެނަންޓު އިންޑިއަން ސުޕަރލީގުގެ ޕޫނޭ އެފްސީއާއި ގުޅިއްޖެއެވެ.

މިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އިންޑިއަން ސުޕަރލީގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕޫނޭ އެފްސީއިން އޮމަރ ރޮޑްރިގޭޒް ނެތްތަން ފޫބެއްދުމަށްޓަކައި އިނގެރޭސި ބޮޑެތި ކުލަބުތަކަށް ކުޅެފައިވާ ވިންގަރ ޕެނަންޓް ސޮއެކޮށްފައިވާކަމަށެވެ.

އެޓީމަށް ކުޅެމުންދިޔަ ކޮލަމްބިއާގެ ފޯވަރޑް އޮމަރ ރޮޑްރިގޭޒްއަށްވަނީ ކިޑްނީގެ މައްސަލައެއްދިމާވުމާއި ގުޅިގެން މި ސީޒަން އެއްކޮށް ކުޅުމާއި ދުރަށް ދާންޖެހިފައެވެ.

2007 ވަނަ އަހަރު ލިވަރޕޫލްއާއި އެކު ޗެމްޕިއަންސްލީގުގެ ފައިނަލް ކުޅެދީފައިވާ ޕެނަންޓް މިއަރުގެ ފުރަތަމަކޮޅު ސްޓޯކްއިން ރިލީސްކޮށްލާފައިވާއިރު، ޕޫނޭ އާއި ގުޅުމުގެ ކުރިން ހުރީ އެއްވެސް ޓީމެއްގެ ކޮންޓްރެކްޓެއްގައެއްނޫނެވެ.

ޓްރެޒެގޭޓް ފަދަ މަޝްހޫރު ކުޅުންތެރިންނާއެކު ހީރޯ އިންޑިއަން ސުޕަރލީގުގައި ކުޅެމުން އަންނަ ޕޫނޭ އެފްސީ މިހާރުއޮތީ ތާވަލުގެ 5 ވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް