ހުޅުމާލޭގައި ރޭ ހިނގި ބޮޑު އެކްސިޑެންޓު: އެކްސިޑެންޓުވި އެއް ސައިކަލަކީ އަންހެނަކު ހިމެނޭހެން ތިން ސީޓަރު ހަދައިގެން ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ރޭ ދަންވަރު ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެ، އެ އެންމެންނަށް ހަސްފަތާލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ހާމަ...

07 Oct 2026 | 03:35
ރޭ ދަންވަރު ހިނގި އެކްސިޑެންޓު - ފޮޓޯ: ޖީލު އޮންލައިން

ރޭ ދަންވަރު ހިނގި އެކްސިޑެންޓު - ފޮޓޯ: ޖީލު އޮންލައިން

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ރޭ ދަންވަރު ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެ، އެ އެންމެންނަށް ހަސްފަތާލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 2:55 ހާއިރުއެވެ. ފުލުހުންގެ ތަރުޖަމާނު ދުވަހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ތިން ސީޓަރެއްގެ ގޮތުގައި ނުރައްކާތެރި ގޮތަކަށް ދުއްވާފައިވާ ކަމަށެވެ. އެ ސައިކަލުގައި ތިބި ތިން މީހުންގެ ތެރޭގައި އަންހެނަކު ހިމެނޭކަން ދުވަހަށް އެނގިފައިވެއެވެ.

ޒަހަމްވި ފަސް މީހުންގެ ތެރެއިން ތިން މީހަކަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. އެ ތިން މީހުންނަށް އިތުރު ފަރުވާ ބޭނުންވުމުން މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. ބާކީ ތިބި ދެ މީހުން ވެސް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް