ހޯދަމުން އަންނަ ގާސިމް -
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުލުހުން އިންވެސްޓިގޭޝަނުން
ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން
ކުރަމުން އެބަ ދެއެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ އާވާޒް/ ޅ. ހިންނަވަރު، މުޙައްމަދު ޤާސިމް (30އ) އެވެ.
މުޙައްމަދު ޤާސިމް ހޯދަމުންދަނީ ހުޅުމާލެ އެލްސިއޯން
ބޭކަރީގެ ކައުންޓަރުގައި ބޭނުންކުރާ ފޯނު ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ
ގުޅިގެންކަމަށް ފުލުހުން ބުނެފައިވެއެވެ.
މުޙައްމަދު ޤާސިމްއާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުން
ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް