ހުރިހާ ވިސާއެއްގައިވެސް މިހާރު އުމްރާ ކުރެވޭނެ: ސައޫދީ އަރަބިއްޔާ

ހުރިހާ ބާވަތެއްގެ ވިސާގައިވެސް މިހާރު އުމްރާގެ އަޅުކަން އަދާކުރެވޭނެ ކަމުގައި ސައޫދީ އަރަބިއްޔާގެ ހައްޖު އަދި އުމްރާގެ އަޅުކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ ސޯޝަލް...

06 Oct 2025 | 22:53
ޞައްޚަ ވިސާއެއް އޮތްނަމަ އުމްރާގެ އަޅުކަން އަދާކުރެވޭނެ ކަމުގައި ބުނެފައިވޭ -

ޞައްޚަ ވިސާއެއް އޮތްނަމަ އުމްރާގެ އަޅުކަން އަދާކުރެވޭނެ ކަމުގައި ބުނެފައިވޭ -

ހުރިހާ ބާވަތެއްގެ ވިސާގައިވެސް މިހާރު އުމްރާގެ

އަޅުކަން އަދާކުރެވޭނެ ކަމުގައި ސައޫދީ އަރަބިއްޔާގެ ހައްޖު އަދި އުމްރާގެ އަޅުކަމާ

ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ ސޯޝަލް

މީޑިއާގައި އިއްޔެ ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އެ ވުޒާރާއިން ބުނެފައިވަނީ "ޕާސަނަލް

އެންޑް ފެމިލީ ވިޒިޓް ވިސާ"، "ޓްރާންސިޓް/ސްޓޮޕްއޯވަރ ވިސާ"، "ވޯކް

ވިސާ"، "ޓޫރިސްޓް ވިސާ" އަދި އެ ޤައުމަށް އެތެރެވެވޭ އެހެނިހެން

ހުރިހާ ވިސާއެއްވެސް ހިމެނޭހެން ޞައްޚަ ވިސާއެއް އޮތްނަމަ އުމްރާގެ އަޅުކަން

މިހާރު އަދާކުރެވޭނެ ކަމަށެވެ.

އެގޮތުން ޞައްޚަ ވިސާއެއް އޮތް ނަމަ ނުސޫކު އުމްރާ

ޕްލެޓްފޯމަށް ޒިޔާރަތްކޮށް ޕެކޭޖެއް ޚިޔާރުކުރައްވައިގެން ހަމަ ކޮންމެ

މީހަކަށްވެސް އުމްރާގެ އަޅުކަން އަދާކުރެއްވޭނެކަމުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް