ޝާރުކް ޚާން އޭނާގެ ތިން ވަނަ ދަރިފުޅު ފުރަތަމަ ފަހަރަށް ދައްކާލައިފި

ބޮލީބުޑްގެ ކިންގް ޝާރުކް ޚާންއަށް ސަޕޯޓު ކުރާ ފަރާތްތަކަށް ބޮޑުއީދު ވެގެން ގޮސްފައިވަނީ ވަރަށް ހާއްސަ އީދަކަށެވެ. ޝާރުކް ޚާން ވަނީ އޭނާގެ އާއިލާއަށް އެންމެ ފަހުން އިތުރުވި މެންބަރު ކަމުގައިވާ އޭނާގެ ދ...

07 Oct 2014 | 09:30

ބޮލީބުޑްގެ ކިންގް ޝާރުކް ޚާންއަށް ސަޕޯޓު ކުރާ ފަރާތްތަކަށް ބޮޑުއީދު ވެގެން ގޮސްފައިވަނީ ވަރަށް ހާއްސަ އީދަކަށެވެ.

ޝާރުކް ޚާން ވަނީ އޭނާގެ އާއިލާއަށް އެންމެ ފަހުން އިތުރުވި މެންބަރު ކަމުގައިވާ އޭނާގެ ދެވަނަ ފިރިހެން ދަރިފުޅު އަބްރަހަމް ޚާންގެ ފޮޓޯއެއް އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓުގައި އާންމުކޮށްފައެވެ. ޝާރުކް ކޮށްފައިވާ ޓްވީޓުގައި ވަނީ އޭނާއަށް ސަޕޯޓު ކުރާ ހުރިހާ ފަރާތްތަކަށް ޝާރުކާއި އޭނާގެ އެންމެ ހަގު ދަރިފުޅު އަބްރަހަމް ޚާންގެ ނަމުގައި އީދު މުބާރިކް ކިޔާފައެވެ.

Eid Al Adha Mubarak to everyone. May all have the happiness that life has to offer.The littlest one wishes you too. pic.twitter.com/GzaumkwSE3

— Shah Rukh Khan (@iamsrk) October 6, 2014

އަބްރަހަމް ޚާން އުފަންވެފައިވަނީ މިއަހަރުގެ މޭމަހުގެ 27 ވަނަ ދުވަހު އެވެ. ރިޕޯޓުތައް ބުނާގޮތުން ޝާރުކް އަބްރަހަމް އާންމުންނަށް ދެއްކުން މަޑުކޮށްފައިވަނީ ބަރަކާތްތެރި ދުވަހެއްގައި އޭނާ ދައްކާލުމަށެވެ. ޝާރުކް ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަބްރަހަމް އާންމުންނަށް ވަރަށް އަވަހަށް ދައްކާލާނެ ކަމުގެ އިޝާރާތެއްވެސް ޓްވިޓާ މެދުވެރިކޮށް ކޮށްފައެވެ.

މައުލޫމާތުލިބިފައިވާގޮތުގައި މިހާ ދުވަސް ވީއިރު އަބްރަހަމްގެ ފޮޓޯއެއް އާންމުކޮށްފައި ނުވާތީ ބައެއް ނޫސް އެޖެންސީތަކުން ވަނީ ބޮޑެތި އަގުތައް ހުށަހަޅާ އެ ކުޑަ ދަރިފުޅުގެ ފޮޓޯ އެންމެ ފުރަތަމަ އެ މީޑިއާ ތަކާއި ހިއްސާ ކުރުމަށް އެދިފައެވެ.

ޝާރުކް ޚާންގެ އާއިލާއަށް އެންމެ ފަހުން އުފަންވި އަބްރަމް ޚާން އަކީ ސަރޮގޭޓް ކޮށްގެން ހޯދާފައިވާ ކުއްޖެކެވެ. އެއީ އޭނާގެ އަންހެނުންނަށް ބަނޑުބޮޑުވުމުންނާއި ވިހެއުމުގެ ތަކުލީފް ކުޑަކުރުވުމުގެ ގޮތުން ކުރި ކަމެއްކަމަށް އޭނާ ބުނެފައިވެއެވެ. އަބްރަހަމްއާއި އެކު ޝާރުކްގެ ތިން ކުދިން ތިބެ އެވެ. އެއީ ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް