ބުރިޖު އެއްފަޅި ވަކި ވަގުތަކަށް ބަންދުވާނެ

ބުރިޖުގެ އެއްފަޅި ވަކި ވަގުތަކަށް މާދަމާ ބަންދުވާނެކަމަށް ބުނެފިއެވެ. މިކަން ހާމަކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ "އެއާޕޯޓު އިމަޖެނ...

07 Sep 2025 | 16:53
ސިނަމާލެ ބްރިޖު - ފޮޓޯ: ފާތިމަތު ސާރާ

ސިނަމާލެ ބްރިޖު - ފޮޓޯ: ފާތިމަތު ސާރާ

ބުރިޖުގެ އެއްފަޅި ވަކި ވަގުތަކަށް މާދަމާ ބަންދުވާނެކަމަށް

ބުނެފިއެވެ.

މިކަން ހާމަކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ

(އެމްއޭސީއެލް) އިން ބުނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ "އެއާޕޯޓު

އިމަޖެންސީ ޕްލޭން" ޓެސްޓު ކުރުމަށް ބާއްވާ އިމަޖެންސީ އެކްސަސައިޒެއް މާދަމާ

ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

އެމްއޭސީއެލްއިން ބުނެފައިވާގޮތުގައި އެ އެކްސަސައިޒް

ކުރިއަށްގެންދާނީ މާދަމާ (08 ސެޕްޓެމްބަރު) ވާ ހޯމަ ދުވަހުގެ ހަވީރު 04:00 އިން

09:00 އަށެވެ.

މާދަމާގެ އެ ވަގުތުގައި ބުރިޖުގެ ކަނާތު ފަޅި ޚާއްޞަ

ކުރެވިގެންދާނީ އިމަޖެންސީ ވެހިކަލް ތަކަށް ކަމަށާއި އެހެނަސް ބުރޖުގެ ވާތްފަޅި އާއްމުކޮށް

ހުޅުވާލާފައި ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް