އެންމެ ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނާނެ ވަގުތު މެޓުން ބުނެދީފި

މިރޭ ހިފާ ހަނދުކޭތަ، ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނާނެ ވަގުތު މެޓުން ބުނެދީފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިރޭގެ ހަނދު ކޭތައާއި ގުޅުވައި ނެރުނު ނިއުސް ބ...

07 Sep 2025 | 16:34
ހަނދު ކޭތަ -

ހަނދު ކޭތަ -

މިރޭ ހިފާ ހަނދުކޭތަ، ފުރިހަމަ ކޭތައެއްގެ ގޮތުގައި

ފެންނާނެ ވަގުތު މެޓުން ބުނެދީފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން

މިހެން ބުނެފައިވަނީ މިރޭގެ ހަނދު ކޭތައާއި ގުޅުވައި ނެރުނު ނިއުސް

ބުލެޓިންއެއްގައެވެ.

އެ ނިއުސް ބުލެޓިންގައި މެޓުން ބުނެފައިވަނީ

ހަނދުކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން މިރޭ 08:28 ހާއިރު ކަމަށާއި ނަމަވެސް

ލޮލަށް ފެންނަން ފަށާނީ މިރޭ 09:30 ހާއިރު ކަމަށެވެ.

"ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނާނީ 10:30

އިން ފެށިގެން 11:52 އާ ހަމައަށް، ކޭތަ ވީއްލާ ނިމޭނީ ދަންވަރު 01:55 ގައި"

މެޓުން ބުނެފައިވެއެވެ.

މިރޭ ރާއްޖޭގެ މޫސުމަށް ބަލައިލާއިރު

އާއްމުގޮތެއްގައި އުޑުމަތި ސާފުކަމަށްވެސް މެޓުން ބުނެފައިވެއެވެ.

މިރޭ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކޭތަ ނަމާދު

ކުރާނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވާގޮތުގައި ކޭތަ ނަމާދު ކުރާނީ މިރޭ

11:12ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް