މިރޭގެ ހަނދުކޭތައާއިމެދު ރައީސް މައުމޫން ބަސް އިއްވަވައިފި

މިރޭ ހިފާ ހަނދުކޭތަޔާއިމެދު ރައީސް މައުމޫން އެމަނިކުފާނުގެ ބަސް އިއްވަވައިފިއެވެ. މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ މިރޭ ދަންވަރު ހިފާ ފުރިހަމަ ހަނދުކޭތަ ދުނިޔޭގ...

07 Sep 2025 | 12:20
ރައީސް މައުމޫން -

ރައީސް މައުމޫން -

މިރޭ ހިފާ ހަނދުކޭތަޔާއިމެދު ރައީސް މައުމޫން އެމަނިކުފާނުގެ

ބަސް އިއްވަވައިފިއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް

މައުމޫން ވިދާޅުވެފައިވަނީ މިރޭ ދަންވަރު ހިފާ ފުރިހަމަ ހަނދުކޭތަ ދުނިޔޭގެ

އާބާދީގެ ވަރަށް ބޮޑު ބަޔަކަށް ފެންނާނެ ކަމަށެވެ.

"ރާއްޖޭ ގަޑިން 11:30 އިން ފެށިގެން 82 މިނެޓު

އިރު ފުރިހަމަ ކޭތައެއްގެ ގޮތުގައި ފެންނަން ހުންނާނެ ކަމަށްވޭ" ރައީސް

މައުމޫންގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

މިރޭ ހަނދު ކޭތަ ހިފާއިރު ރާއްޖޭގެ ހުރިހާ

ރަށެއްގައި ކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީ އިން އަންގާފައިވެއެވެ.

އެ މިނިސްޓްރީއިން މިދިޔަ ބުރާސްފަތި ދުވަހު ކައުންސިލްތަކަށް

ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ މިރޭ މި ހަނދުކޭތަ ހިފަން ފައްޓާނީ ރާއްޖޭގެ

ގަޑިން 08:28 ގައި ކަމަށާއި އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެރޭގެ

11:11 ގައި ކަމަށެވެ.

ހަނދުކޭތަ ވީއްލާނީ އެރޭގެ މެންދަމުން އަލިވެ 01:55

ހާއިރު ކަމަށްވެސް އިސްލާމިކް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް