ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ނަގާފައިވާ ސްކްރީން ޝޮޓެއް -
އައްޑޫ ސިޓީގައި ކަނބުލޮ ފިލްމު އަޅުވާ ނިންމާލި
ވަގުތު އެ ސަރަހައްދުގައި ކަނބަލުންތަކެއްގެ މެދުގައި ކުރިމަތިލުމެއް ހިނގައިފިއެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން
ފެންނަނީ ތިން އަންހެނެއްގެ މެދުގައި ކުރިމަތިލުމެއް ހިނގައިގެން އުޅޭ މަންޒަރެވެ.
ކޮމެންޓުތަކާއި ވީޑިއޯގެ އަޑުން އެއީ ސީދާ ކޮން ސަބަބަކާ ހުރެ ހިނގި ކުރިމަތިލުމެއްކަން
ސާފެއް ނޫނެވެ. އެހެންނަމަވެސް އެއް އަންހެނަކީ މާބަނޑު މީހެއްކަން ސިފަވާގޮތަށް މީހަކު
ގޮވާލި އަޑު ވީޑިއޯއިން އިވެއެވެ.
ދިވެހި ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ، ހިތަދޫ،
ކަނީރުމަގުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ރޭ 10:45 ހާއިރު ފުލުހުންނަށް
ރިޕޯޓްކޮށްފައިވާކަމަށާއި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް