އިންޑިއާއިން ހަނދަށްކުރި ދަތުރު ފެނަށް!

އިންޑިޔާއިން ހަނދަށް ދިޔުމަށް ކުރިޔަށް ގެންދިޔަ މިޝަން ނާކާމިޔާބު ވެއްޖެއެވެ. ހަނދުގެ ދެކުނު ތަނޑިއާއި ވީ ހިސާބުގައި ޖައްވީ އުޅަނދެއް ޖައްސާ، އެ ދިރާސާކުރާ ފުރަތަމަ ގައުމަށް ވުމުގެ ޝަރަފު ހޯދުމަށް އިނ...

07 Sep 2019 | 06:03

އިންޑިޔާއިން ހަނދަށް ދިޔުމަށް ކުރިޔަށް ގެންދިޔަ މިޝަން ނާކާމިޔާބު ވެއްޖެއެވެ.

ހަނދުގެ ދެކުނު ތަނޑިއާއި ވީ ހިސާބުގައި ޖައްވީ އުޅަނދެއް ޖައްސާ، އެ ދިރާސާކުރާ ފުރަތަމަ ގައުމަށް ވުމުގެ ޝަރަފު ހޯދުމަށް އިންޑިއާއިން ކުރިއަށް ގެންދިޔަ "ޗާންދްރަޔާ-2" ގެ މިޝަން އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ކުރިޔަށް ދިޔައީ ރާވާފައިވާ ގޮތާއި އެއްގޮތަށެވެ. އެހެންނަމަވެސް ހަނދުގެ ސަތަހައާއި އެންމެ 2.1 ކިލޯމީޓަރަށް ދިވާމި ބައެއް މައްސަލަތަކާއި ގުޅިގެން، މި މިޝަން ވަނީ ނާކާމިޔާބު ވެފައެވެ.

މި މިޝަން ފެއިލް ވެފައިވަނީ ޖައްވީ އުޅަނދާ ބިމާ ދެމެދު އޮތް ގުޅުން ކެނޑުމާއި ގުޅިގެން ކަމަށް ޖައްވީ ދިރާސާތަކާ ބެހޭ އިންޑިއާގެ އިދާރާ (އައި.އެސް.އާރް.އޯ) އިން ވަނީ ބުނެފައެވެ.

މީގެ ކުރިން އިންޑިޔާއިން ވަނީ 2008 ވަނަ އަހަރު "ޗާންދްރަޔާން-1"ގެ ނަމުގައި ވަރުގަދަ މިޝަނެއް ކުރިޔަށް ގެންގޮސް،  ރޭޑާތަކުގެ އެހީގައި ހަނދުގެ ސަތަހާގައި ފެން އެކުލެވޭ މިންވަރާ ބެހޭ ގޮތުން ވަރުގަދަ ދިރާސާއެއް ހަދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް