ބިދޭސީ މީހާގެ މަރުގެ މައްސަލައިގަ ހައްޔަރު ކުރި މެނޭޖަރު ދޫކޮށްލަން ޖެހިއްޖެ

ކ. ހިންމަފުށީ ލައިފް ފެން ޕްލާންޓު ތެރޭގައި މަރުވެފައި އޮއްވަ ފެނުނު ބިދޭސީ މީހާގެ މަރާގުޅިގެން ހައްޔަރު ކުރި އެތަނުގެ މެނޭޖަރު ދޫކޮށްލަން ޖެހިއްޖެ އެވެ. މެނޭޖަރު ދޫކޮށްލަން ޖެހުނީ އޭނާ ހައްޔަރު ކުރި ...

07 Sep 2017 | 12:51

ކ. ހިންމަފުށީ ލައިފް ފެން ޕްލާންޓު ތެރޭގައި މަރުވެފައި އޮއްވަ ފެނުނު ބިދޭސީ މީހާގެ މަރާގުޅިގެން ހައްޔަރު ކުރި އެތަނުގެ މެނޭޖަރު ދޫކޮށްލަން ޖެހިއްޖެ އެވެ.

މެނޭޖަރު ދޫކޮށްލަން ޖެހުނީ އޭނާ ހައްޔަރު ކުރި އިރު ފުލުހުން ޔުނީފޯމު ނާޅާ ތިބުމުންނެވެ. ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން އޭނާ ދޫކޮށްލަން އަމުރު ކުރީ ޖިނާއީ އިޖްރާއަތުގެ ގާނޫނާއި ހިލާފަށް އެމީހާ ހައްޔަރު ކުރުމުންނެވެ..

ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ރ. ގައި ބުނެފައިވަނީ މީހަކު ހައްޔަރު ކުރަން ޖެހޭނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ ފުލުހެއްގެ ހުއްދައާ އެކު، ޔުނިފޯމް އެޅި ފުލުހެއް ކަމަށެވެ.

އެ މައްސަލައިގަ އިތުރު މީހަކުވެސް ފުލުހުންގެ ބަންދުގައި ތަހުގީގު ނިމެންދެން އެބަ ހުއްޓެވެ.

މިދިޔަ މަހު މަސްތުވާތަކެތީގެ މައްސަލައެއްގަ ހައްޔަރު ކުރި މީހަކުވެސް ވަނީ ދޫކޮށްލަންޖެހިފަ އެވެ. މާލެއިން އެމީހާ ހައްޔަރު ކުރި ފުލުހުން ޔުނިފޯމު ނާޅާ ތިމުން ކްރިމިނަލް ކޯޓުން ވަނީ އެމީހާ ދޫކޮށްލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް