އިންޓަނޭޝަނަލް އޯޓިޒަމް ގާލާގައި މިއަހަރު ބައިވެރިވި ދިވެހި ކުދިންނަށް ވޯޓު ދެއްވާ!

ކޮންމެ އަހަރަކު ބާއްވާ އިންޓަނޭޝަނަލަް އޯޓިޒަމް ގާލާގެ މިއަހަރުގެ މުބާރާތުގައި ދިވެހި ފަސް ކުއްޖަކު ބައިވެރި ވެއްޖެ އެވެ. މި މުބާރާތުގައި ރާއްޖެއިން ބައިވެރިވެފައިވަނީ އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން...

07 Sep 2017 | 09:48

ކޮންމެ އަހަރަކު ބާއްވާ އިންޓަނޭޝަނަލަް އޯޓިޒަމް ގާލާގެ މިއަހަރުގެ މުބާރާތުގައި ދިވެހި ފަސް ކުއްޖަކު ބައިވެރި ވެއްޖެ އެވެ.

މި މުބާރާތުގައި ރާއްޖެއިން ބައިވެރިވެފައިވަނީ އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުންނެވެ. މިއަހަރުގެ މުބާރާތުގައި ދިވެހި ކުދިން ބައިވެރިވެފައިވަނީ ލަވަކިޔުމާއި މަދައިގެ ބައިގެ އިތުރުން ނެށުމުގެ ކެޓަގަރީގައި އެވެ.

މިއަހަރުގެ މުބާރާތުގައި ވާދަ ކުރާ ދިވެހި ކުދިންނަކީ މިގްދަމް ފާއިޒް، އަލް ހާފިޒް އަހުމަދު ނަބީހު، މަރިޔަމް ލުމައިހާ އާދިލް އަދި އަހުމަދު ނަހްޔާން ފައިސަލް އާއި އާލް އަޔާން ނާސިރު އެވެ. މީގެ ތެރެއިން އާލް ވަނީ މިދިޔަ އަހަރު މި މުބާރާތުގައި ވާދަކޮށް މިއުޒިކްގެ ކެޓަގަރީން އެއްވަނަ ހޯދާފަ އެވެ.

މި މުބާރާތުގައި ވާދަ ކުރާ ކުދިންނަށް ވޯޓު ދިނުމަށް އޮންލައިންކޮށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. އެ އެސޯސިއޭޝަނުން އެދެނީ ވީހާވެސް ގިނަ ފަރާތްތަކަކުން މިއަހަރު ވާދަކުރާ ފަސް ކުދިންނަށް ވޯޓުދިނުމަށެވެ.

https://ananautistictalentgala2017.wordpress.com/2017/08/07/028-migdham-faiz/

https://ananautistictalentgala2017.wordpress.com/2017/08/07/036-al-hafiz-ahmed-nabeeh/

https://ananautistictalentgala2017.wordpress.com/2017/08/07/004-mariyam-lumaiha-adil/

https://ananautistictalentgala2017.wordpress.com/2017/08/07/009-ahmed-nahyan-faisal/

https://ananautistictalentgala2017.wordpress.com/2017/08/07/042-ayaan-aal/

މިއީ، އޯޓިޒަމް ކުދިންގެ ހުނަރު ދުނިޔެ އަށް ދައްކާލައި، އެ ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ. މިދިޔަ އަހަރުގެ މުބާރާތުގައި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ދިވެހި ހަތް ކުއްޖަކު ވާދަ ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް