ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ކަމުގެ އެވޯޑު ދީފި

ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ކަމުގެ އެވޯޑު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފި އެވެ. މި އެވޯޑު ދީފައިވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިހާރު ކުރިޔަށްދާ ޑަބްލިއުއެޗްއޯގެ ...

07 Sep 2017 | 07:44

ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ކަމުގެ އެވޯޑު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފި އެވެ.

މި އެވޯޑު ދީފައިވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިހާރު ކުރިޔަށްދާ ޑަބްލިއުއެޗްއޯގެ ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގައި އެވެ.

ރާއްޖެއަކީ ހިމަބިހި (މީސްލްސް) ނައްތާލާފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާ އިއުލާންކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ. ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ހިމަބިހި ނައްތާލެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅީ ބޫޓާން އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލުމަށް ގައުމީ ފެންވަރެއްގައި މިދިޔަ ފެބްރުއަރީ އަދި މާޗް މަހުގެ ވަނީ ކެމްޕެއިނެއް ކުރިޔަށް ގެންގޮސްފައި އެވެ. އެ ކެމްޕެއިން ފެށި އިރު ރާއްޖޭގައި ހިމަބިހި ވެކްސިން ދޭންޖެހޭ 75،000 މީހުން ތިއްބެވެ.

ގައިންގައިން އަރާ ބަލިތަކުން ތުއްތު ކުދިން ރައްކާތެރިކުރުމަށް ރާއްޖޭގައި ވެކްސިންދޭން ފަށާފައިވަނީ 1976 ވަނަ އަހަރުއެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރުއެވެ. ދިވެހިރާއްޖެއިން މީސްލްސް ޖެހިފައިވާ މީހަކު އެންމެ ފަހުން ފެނިފައިވަނީ 2009 ވަނަ އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް