ވައި ގަދަވާނެ ކަމަށް ލަފާކޮށް ނ އަތޮޅާއި ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގާ ފުރަތަމަ ފަހަރަށް ޔެލޯ އެލާޓް ނެރެފި އެވެ. ޔެލޯ އެލާޓް ނެރެފައިވަނީ ވައިގަދަ ވާނެ ކަމަށް ލަފާކޮށެވެ. މެޓް އޮފީހުން މިރޭ 2:30ގައި ނެރެފައިވާ ޔެލޯ އެލާޓްގަ...

06 Sep 2017 | 22:19

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގާ ފުރަތަމަ ފަހަރަށް ޔެލޯ އެލާޓް ނެރެފި އެވެ. ޔެލޯ އެލާޓް ނެރެފައިވަނީ ވައިގަދަ ވާނެ ކަމަށް ލަފާކޮށެވެ.

މެޓް އޮފީހުން މިރޭ 2:30ގައި ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ މިރޭގެ 2:30 އިން ހެނދުނު 06:30 އާއި ހަމައަށް ނ އަތޮޅާއި ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގަޑިއަކު 30 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ގަދަވާނެ ކަމަށެވެ.

މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުގެ އެލާޓްގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް