ރައީސް ސޯލިހް، އުރީދޫގެ އީކޮމާސް ޕްލެޓްފޯމް "މޫލީ" އިފްތިތާހް ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް "މޫލީ" އިފްތިތާހް ކޮށްދެއްވައިފިއެވެ. ރައީސް ސޯލިހް މި އުފެއްދުން އިފްތިތާހް ކޮށްދެއްވީ އެކަމަށްޓަކައި މިރޭ ...

07 Aug 2019 | 17:49

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް "މޫލީ" އިފްތިތާހް ކޮށްދެއްވައިފިއެވެ.

ރައީސް ސޯލިހް މި އުފެއްދުން އިފްތިތާހް ކޮށްދެއްވީ އެކަމަށްޓަކައި މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ވަރަށް ހާއްސަ ރަސްމިއްޔާތެއްގައެވެ.

"މޫލީ" އިފްތިތާހް ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މޫލީ ޕްލެޓްފޯމަކީ އިލެކްޓްރޯނިކް ވިޔަފާރިއަށް ފަހި މާޙައުލަކަށް ވާނެކަމަށް އުންމީދު ކުރައްވާކަމަށާއި ވަކިން ޚާއްޞަކޮށް، ކުދި އަދި މެދު ފަންތީގެ އިލެކްޓްރޯނިކް ވިޔަފާރިތައް ހިންދެމިލުމަށް ވަރަށް ބޭނުންތެރި ޕްލެޓްފޯމަކަށްވާނެ ކަމަށް ދެކެލައްވާކަމަށެވެ.

"ޑިޖިޓަލް ޖަޒީރާ ރާއްޖެއަކަށް ދިއުމަށް، އުރީދޫން ފަށާފައިވާ ދަތުރުގައި، މި އާދެވުނީ މުޅިން އައު މަންޒިލަކަށް. މި މަންޒިލުން އަޅުގަނޑުމެންނަށް ތަޞައްވަރު ކުރެވެނީ، އޮންލައިން ބާޒާރެއްގެ ތެރެއަށް ދިވެހި ވިޔަފާރިތައް މޫލައިގެން ދާނެ ގޮތް." ރައީސް ސޯލިހް ވިދާޅުވިއެވެ.

"މޫލީ" އަކީ "ފުލީ ޑިޖިޓަލައިޒް" ވުމުގެ އާހިރު ފިޔަވަޅުކަން އުރީދޫގެ ސީއީއޯ ނަޖީބް ޚާން ފާހަގަ ކުރެއްވިއެވެ. ހިދުމަތްތައް ހޯދުމަށް ދެން ފިހާރަތަކަށް ދާން ނުޖެހޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ބައްލަވައިގަންނަވާ އުފެއްދުން ނުވަތަ ހިދުމަތް ގޭ ދޮރާއި ހަމައަށް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ގޭ ދޮރާއިހަމައަށް ވާސިލުކޮށްދެވޭނެކަންވެސް އުރީދޫގެ ސީއީއޯ ނަޖީބް ޚާން ފާހަގަކުރެއްވިއެވެ.

މި ޕްލެޓްފޯމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ޑިރެކްޓަރ ސޭލްސް އެންޑް ބްރޭންޑް، ހުސެއިން ނިޔާޒް ވިދާޅުވީ މި ޕްލެޓްފޯމާއި އެކު، އުރީދޫ މޯލްޑިވްސް ވަނީ ހުރިހާ ގޮތަކުންވެސް ޑިޖިޓަލް ކުންފުންޏަކަށްވެފައި ކަމަށާއި ކުރިއަތް އޮތް މަސްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ވިޔަފާރިތަކަށް، މި ޕްލެޓްފޯމުގެ ބޭނުން ހިފުމަށް ހުޅުވާލެވިގެންދާނެ ކަމަށެވެ.

"މޫލީ އާއި އެކު، ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް، އަޅުގަނޑުމެންގެ ޕްރޮޑަކްޓުތަށް އޮންލައިކޮށް ބައްލަވައިގަތަމުން، އެބޭފުޅަކާއި ހަމައަށް ޑެލިވަރކޮށްދެވޭނެ." ޑިރެކްޓަރ ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް