އއ. ވެލިގަނޑު ރިސޯޓް ކައިރިން ހާލުގައި ޖެހުނު ލޯންޗަކަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ބެލްޓާ އެކްސްޕްރެސް ނަމަކަށް ކިއުނު މި ލޯންޗު ދިޔަވެ އަޑިއަށް ދާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު 12:23 ހާއިރުއެވެ.
މި ހާދިސާ ހިނގިއިރު ލޯންޗުގައި ތިބި 11 މީހުން ވަނީ މެރިން ޕޮލިސްގެ އެހީގައި މާލެ ގެނެސްފައެވެ.
އެ ސަރަހައްދުން އެވަގުތު ދަތުރުކޮށްފައި ދިޔަ "އަޒުމް" ނަމަކަށް ކިއުނު ދޯންޏެއްގެ އެހީތެރިކަމާއެކު ދިޔަގަނޑު ހިއްކުމުގެ މަސައްކަތް ލޯންޗުގެ ވެރިފަރާތުން މިހާރު ދަނީ ކުރަމުންނެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް