ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މިއަދު މަޖިލީހަށް ވަޑައިގެން ދެއްކެވީ ހަޑި ވާހަކަތަކެއް ކަމަށް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހަށް ހާޒިރުވެ، މި ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ނަހުލާ އިއުތިރާފުވެ ވަޑައިގެންފައިވާ ކަމަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޝީޔާމް ވަނީ ވިދާޅުވެފައެވެ.
"މިނިސްޓަރ ނަހުލާ މަޤާމާއި ހަވާލުވުމަށްފަހު ދުވަސްތައް ހޭދަ ކުރައްވާފައިވަނީ "ހަޑި ކަންތައްތަކެއް ފިލުވުމަށް" ނުވަ މަސް ވެގެން މިދިޔައީ. މަޖިލީހަށް ވަޑައިގެން މިނިސްޓަރ ނަހުލާ ދެއްކެވީ ހަޑި ވާހަކަތަކެއް" ޝިޔާމް ވިދާޅުވިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހަށް މިނިސްތަރ ނަހުލާ ހާޒިރުކުރުމުން، ކުރީ ސަރުކާރުން ހާވާފައި ހުރި ހަޑިތައް ސާފު ކުރަން ހަދައިގެން ޓްރާންސްޕޯޓު މިނިސްޓްރީން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ފެންވަރަށް ހިދުމަތް ދިނުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށް ވަނީ ނަހުލާ ވިދާޅުވެފައެވެ.
މިއަދު މިނިސްޓަރ ނަހުލާ މަޖިލީހަށް ހާޒިރުކޮށްފައިވަނީ ސްޓިކާ ޖަހާ މައްސަލައާއި ގުޅިގެންނެވެ. ޕާކް ކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނެކަމަށް ރައީސް ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް