ރަންބީރާއި އާލިއާ އަންނަ އަހަރު ކައިވެނި ކުރަނީ؟

ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަންނަ އަހަރު ކައިވެނި ކުރަން އުޅޭކަމުގެ ޚަބަރުތަކެއް ފެތުރިއްޖެއެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބޮލީވުޑްގެ މި ދެ ތަރިންގެ ކައިވެނީގެ ޚަބަރުތައް މި އަހަރުގެ ކުރީކޮޅުގައި...

07 Aug 2019 | 04:19

ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަންނަ އަހަރު ކައިވެނި ކުރަން އުޅޭކަމުގެ ޚަބަރުތަކެއް ފެތުރިއްޖެއެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބޮލީވުޑްގެ މި ދެ ތަރިންގެ ކައިވެނީގެ ޚަބަރުތައް މި އަހަރުގެ ކުރީކޮޅުގައި ވެސް ވަނީ ފެތުރިފައެވެ. ނަމަވެސް އެފަހަރު ރަންބީރު ވަނީ އެކަން ދޮގުކޮށްފައެވެ.

އާލިއާ އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ، މިވަގުތު ކައިވެނި ކުރަން ނޫޅޭ ކަމަށާއި އެކަމާ ނުވެސް ވިސްނާ ކަމަށެވެ.

ނަމަވެސް ފިލްމްފެއަރ އަށް ރަންބީރު ދިން އިންޓަވިއުގައި ފޭނުންނަށް ކައިވެނި ކުރަން އުޅޭ ކަމުގެ ހިންޓެއް ވަނީ ދީފައެވެ. ރަންބީރު ބުނިގޮތުގައި، ކައިވެނިކުރަން ވިސްނާ ކަމަށާއި، އެކަން ވަރަށް އަވަހަށް ހާމަކުރާނެ ކަމުގައެވެ.

ރަންބީރުގެ މި އިންޓަވިއު އާއި އެކީ އެ ދެ ތަރިން 2020 ވަނަ އަހަރު ކައިވެނި ކުރާނެ ކަމުގެ ޚަބަރުތައް ވަނީ ފެތުރިފައެވެ. ނަމަވެސް އެ ދެ ތަރިން މިކަމާ އަދި އެއްޗެއް ނުބުނެއެވެ.

އާލިއާ އާއި ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކޮށްފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް