ކަނޑުތަކުގެ ދުވަހާ ގުޅިގެން ކުޑަކުދިންނަށް ފީނުމުގެ ޚާއްޞަ ހަރަކާތެއް ބާއްވަނީ - ކުދިން ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލެވިފައި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުޑަކުދިންނަށް އަމާޒުކޮށްގެން ފީނުމުގެ ޚާއްޞަ ހަރަކާތެއް ބާއްވަން ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ. "ޑިސްކަވަރީ ބަބުލް" ގެ ނަމުގައި ބާއްވާ މި ހަރ...

07 Jun 2026 | 15:16
N/A

N/A

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުޑަކުދިންނަށް އަމާޒުކޮށްގެން ފީނުމުގެ ޚާއްޞަ ހަރަކާތެއް ބާއްވަން ފިޝަރީޒް މިނިސްޓްރީން ނިންމައިފިއެވެ.

"ޑިސްކަވަރީ ބަބުލް" ގެ ނަމުގައި ބާއްވާ މި ހަރަކާތް ކުރިއަށްދާނީ މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭ ދިރާގު ބީޗު ސަރަހައްދުގައެވެ. މިއީ ޑައިވް ކިޓް ބޭނުންކޮށްގެން ފަރުގެ ގުދުރަތީ ރީތިކަން ކައިރިން ބަލައިލުމުގެ ފުރުޞަތު ކުޑަކުދިންނަށް ހޯދައިދިނުމަށް ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގައި ބައިވެރިވެވޭނީ 10 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށެވެ. ޖާގަ ދެވޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީވާ 50 ކުދިންނަށެވެ.

މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ކުދިން މި މަހުގެ 14 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހެއެވެ. ހަރަކާތް ކުރިއަށްދާއިރު ކޮންމެ ކުއްޖަކާ އެކު ބެލެނިވެރިއަކު ހުންނަންވާނެ ކަމަށާއި ބައިވެރިވުމުގެ އިޤުރާރުގައި ބެލެނިވެރިޔާ ސޮއިކުރަންވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

"ޑިސްކަވަރީ ބަބުލް" ހަރަކާތަކީ މި އަހަރުގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ދިރާގު ބީޗު ސަރަހައްދުގައި ބާއްވާ "އޯޝަން ފެސްޓިވަލް" ގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތެކެވެ. ފެސްޓިވަލް ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:30 އާ ހަމައަށެވެ.

ބައިވެރި ކުރުމަށް 

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް