މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން ފައްޓައިފި ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ މިއަދު ހެނދުނު 09:30 އިން ފެށިގެން ފިތިރު ޒަކާތް ބަލައިގަންނަން ފަށާފައިވާކަމަށެވެ.
އެގޮތުން މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން 02 ރަމަޟާން އިން 28 ރަމަޟާންގެ ނިޔަލަށް ކުރިޔަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފައިވެއެވެ.
ޒަކާތް ބަލައިގަތުން އޮންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 13:00 އަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ނެރެން ޖެހެނީ އަހަރެއްގެ ތެރޭގައި އެރަށެއްގެ ބަނޑުކެއުމުގައި އާންމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. އަދި މާލޭ ސިޓީ (މާލެ/ ހުޅުމާލެ/ ވިލިމާލެ) ގައި ދިރިއުޅޭ މީހުން ޒަކާތް ދައްކަން ޖެހޭ އަގުތަކަކީ އާދައިގެ ހަނޑޫ - 15 ރުފިޔާ ، ތައިލެންޑް ހުދު ހަނޑޫ - 45 ރުފިޔާ، ބާސްމަތީ ހަނޑޫ - 95 ރުފިޔާ، ރަތް ހަނޑޫ - 75 ރުފިޔާ ގެ އިތުރުން، އާދައިގެ ފުށް - 15 ރުފިޔާ އަދި އާޓާ ފުށް - 60 ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް