އޮރެންޖް މާޓްގެ ނަމުގައި މާލޭގައި މާޓެއް ހުޅުވައިފި

"އޮރެންޖް މާރޓް"ގެ ނަމުގައި މާލޭގައި މާރޓެއް ހުޅުވައިފިއެވެ. "އޮރެންޖް މާރޓް" ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޕްލޭނިންގް އެންޑް އިންފްރާންސްޓަރަކްޗަރ މުޙައްމަދު އަސްލަމްއެވެ. ފިހާރަ ހުޅުވައިދެއްވުމަށްފަ...

07 May 2019 | 05:36

"އޮރެންޖް މާރޓް"ގެ ނަމުގައި މާލޭގައި މާރޓެއް ހުޅުވައިފިއެވެ.

"އޮރެންޖް މާރޓް" ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޕްލޭނިންގް އެންޑް އިންފްރާންސްޓަރަކްޗަރ މުޙައްމަދު އަސްލަމްއެވެ. ފިހާރަ ހުޅުވައިދެއްވުމަށްފަހު މިނިސްޓަރ އަސްލަމް ވަނީ އެފިހާރައިން ވިޔަފާރިކުރައްވާފައެވެ.

އޮރެންޖް މާރޓްގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެއްވި ގޮތުގައި މިފިހާރައަކީ އާންމުގޮތެއްގައި ގޭތެރެއަށް ބޭނުންވާނެ ހުރިހާ ސާމާނެއް ލިބެން ހުންނާނެ ފިހާރައެއްކަމަށާއި ފިހާރައިގެ ދެވަނަ ފްލޯރގައި ކޮސްމެޓިކްސްގެ ބާވަތްތައްވެސް ލިބެން ހުންނާނެކަމަށެވެ.

"މިފިހާރައަކީ އާންމުގޮތެއްގައި ގޭތެރެއަށް ބޭނުންވާނެ ހުރިހާ ސާމާނެއް ލިބެން ހުންނާނެ. ފިހާރައިގެ ދެވަނަ ފްލޯރގައި ކޮސްމެޓިކްސްގެ ބާވަތްތައްވެސް ލިބޭނެ. މީގެ އިތުރުންވެސް ތަފާތު ބާވަތްތަކުގެ މުދާ މިފިހާރައިން ލިބެން ހުންނާނެ."ކަމަށް އޮރެންޖް މާރޓްގެ އޮފިޝަލް ހާމަކުރިއެވެ.

އަލިކިލެގެފާނު މަގު، އާކަކާގޭ 1، ގައި ހުޅުވި މި ފިހާރަ ހުޅުވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތަކަށްފަހުގައެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މިރަސްމިއްޔާތަށްފަހު އޮރެންޖް މާރޓްގެ ވިޔަފާރި ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް