ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނެއްކާވެސް އައިޖީއެމްއެޗަށް ގެނެސްފި އެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު އޮންލައިން ނޫހެއް ކަމަށްވާ ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭ 8:50 ގައި ރައީސް ޔާމީން އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އަދި އެމަނިކުފާނު އެ ހޮސްޕިޓަލަށް ގެނެވުނީ މާފުށީ ޖަލުގެ ޑޮކްޓަރުގެ ލަފާގެމަތިން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މިއީ ޖަލަށްލިފަހުން ރައީސް ޔާމީން އައިޖީއެމްއެޗަށް ގެންދިޔަ ތިން ވަނަ ފަހަރުއެވެ. މީގެކުރިން ހޮސްޕިޓަލަށް ގެންދިޔަ ދެ ފަހަރުވެސް އެމަނިކުފާނު ވަނީ އެޑްމިޓްކޮށްފައެވެ.
ޖަލަށް ގެންދިޔުމުގެ ކުރިން ޝަރީއަތުގެ މަޖިލީހުގައި ވެސް ރައީސް ޔާމީން ވަނީ ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނުގެ ބުރަކަށީގައި ރިއްސާ ކަމަށް ވިދާޅުވެފައިވެ އެވެ.
ރައީސް ޔާމީން މިރޭ އައިޖީއެމްއެޗަށް ގެންދިޔައީ ސިއްހީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް