ޕާކިސްތާނުން ރާއްޖެއަށް 69 ލެޕްޓޮޕް ހަދިޔާކޮށްފި

ޕާކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް 69 ލެޕްޓޮޕް ހަދިޔާ ކޮށްފިއެވެ. މި ލެޕްޓޮޕްތައް ހަވާލުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއެވެ. އިއްޔެ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި...

06 Dec 2019 | 06:53

ޕާކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް 69 ލެޕްޓޮޕް ހަދިޔާ ކޮށްފިއެވެ. މި ލެޕްޓޮޕްތައް ހަވާލުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއެވެ.

އިއްޔެ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލެޕްޓޮޕްތަކާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި މި ލެޕްޓޮޕްތައް މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއާ ހަވާލުކޮށްދެއްވީ ޕާކިސްތާންގެ އެމްބެސެޑަރ ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރޓޑ.) ވަސީމް އަކްރަމެވެ.

މި ލެޕްޓޮޕްތައް ބޭނުންކުރެވޭނީ މަތީ ވަނަތައް ހާސިލްކުރާ ދަރިވަރުންނަށް އެވޯޑް ކުރުމަށް ކަމަށާއި މިއީ ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ލެޕްޓޮޕް ހަދިޔާކުރެއްވި 3 ވަނަ އަހަރު ކަމުގައި އެޑިއުކޭޝަނުން ބުނެއެވެ.

ލެޕްޓޮޕް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްބެސެޑަރ ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރޓޑ.) ވަސީމް އަކްރަމް ވިދާޅުވީ ޕާކިސްތާނުން އަބަދުވެސް ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމި އޮންނާނެކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. ޢާއިޝަތު އަލީ ވަނީ ޕާކިސްތާން ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ސިއްޚީގޮތުން ރަނގަޅު ދުޅަހެޔޮ ހަށިހެޔޮ ދަރިވަރުންތަކެއް ބިނާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރައްވާ މަސައްކަތުގެ ދަށުން ދަރިވަރުން ކުޅިވަރުކުޅޭނެ ސާމާނުވެސް ޕާކިސްތާން ސަރުކާރުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެޑިއުކޭޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް