'ގައުމީ ވިންދު' ގެ ނަމުގައި ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ. މި ހުއްދަ ދީފައި ވަނީ ޕީޕީއެމްގެ ކުރީގެ މެންބަރު މުހައްމަދު ރަމީޒު އަލީ (އޮގަރު ރަމީޒު) އަށެވެ.
އިލެކްޝަނުން ވަނީ މިދިޔަ ހަފްތާގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފަށް ވެސް ދީފައެވެ. މި ޕާޓީ އަށް ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބު ވަނީ ސޮއި ކުރައްވާފައެވެ.
ސިޔާސީ ޕާޓިއެއް އުފެއްދުމުގެ ހުއްދަމިހާރު އިލެކްޝަނުނ އެދިނީ ތިން ވަނަ ފަރާތަށެވެ. މިއަހަރުގެ ކުރީކޮޅު މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)ގެ ނަމުން ޕާޓީއެއް އުފެއްދުމަށް މަޝްހޫރު ޤާނޫނީ ވަކީލް އަބްދުﷲ ހަސީން އަށް ވަނީ ހުއްދަ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް