އަށް ގައުމަކަށް ސަފީރުން އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ޤާނޫނޫ އަސާސީގެ 115 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ބޭރު ގައުމުތަކަށް އައްޔަން ކުރަން ބޭނުންވާ ސަފީރުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ވާނެއެވެ. އެގޮތުން ރައީސް އޮފީހުން މިހާރު މިވަނީ މި ނަންތައް މަޖިލީހަށް ފޮނުވާފައެވެ.
ސަފީރުންގެ ގޮތުގައި އައްޔަނު ކުރުމަށް މަޖިލީހަށް ފޮނުއްވި ބޭފުޅުން
- ބްރަސަލްސްއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ޙަސަން ސޯބިރު، ގ.ފިޔާތޮށިގެ
- އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ޢާއިޝަތު މުޙައްމަދުދީދީ، ހ.ދޫރިހާ
- ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ޑޮކްޓަރ ޢަބްދުﷲ މަޢުސޫމް، ދަފްތަރު ނަންބަރު 4336
- ޖަރުމަނުވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް އަޙްމަދު ލަތީފް، ހ.ސީވީޑް
- އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ޑޮކްޓަ ފަރަޙަނާޒް ފައިސަލް، ހ. އަމީނީގެ
- އދ އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ތިލްމީޒާ ޙުސައިން، މ.ނޫހިރި
- މެލޭޝިޔާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ވިސާމް ޢަލީ، ހ. އާޒާދެވާދީ
- ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް ޢުމަރު ޢަބްދުއްރައްޒާގު، ހ. ހިކިފިނިފެންމާގެ
މަޖިލީހުގެ ރުހުން ލިބުމުން މި ބޭފުޅުން ސަފީރުންގެ ގޮތުގައި އައްޔަން ކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް