ހޯރަ އިއްބެ ދޫކޮށްލައިފި

މޯލްޑިވްސް ކަރެކްޝަން ސަރވިސް އިން އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) މިއަދު މިނިވަން ކޮށްފިއެވެ. ހޯރައިއްބެ މިނިވަން ކޮށްފައިވަނީ މިއަދު ހެނދުނު 10:15 ހާއިރުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައ...

06 Dec 2018 | 09:20

މޯލްޑިވްސް ކަރެކްޝަން ސަރވިސް އިން އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) މިއަދު މިނިވަން ކޮށްފިއެވެ.

ހޯރައިއްބެ މިނިވަން ކޮށްފައިވަނީ މިއަދު ހެނދުނު 10:15 ހާއިރުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވާ ގޮތުގައި ހޯރަ އިއްބެ ގެ މައްޗަށްކޮށްފައިވާ ހުކުމް ލުއިކޮށްދީފައިވަނީ 2016 ވަނަ އަހަރު ކްލެމެންސީ ބޯޑުގެ ނިންމެވުމަށް ރިއާޔަތް ކޮށެވެ. މި ބޯޑުން ނިންމާފައިވަނީ ހޯރަ އިއްބެ 6 މަސް ދުވަހުގެ މުއްދަތަކަށް ގޭ ބަންދަށް ބަދަލުކުރުމަށެވެ.ނަމަވެސް ކުރީގެ ސަރުކާރުން މިކަމަށް އެއްވެސް އަމަލީ ސިފައެއް ގެނެސްފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ހޯރަ އިއްބެ ވަނީ ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީގެ މަގާމް އަދާ ކޮށްފައެވެ. އަދި އެމްޑީީގެ ގިނަ ހަރަކާތްތަކުގައިވެސް ައިވެރިވެފައެވެ.

ކުޑަ ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މައްސަލައެއްގައި ހޯރަ އިއްބެގެ މައްޗަށް ހުކުމް ކޮށްފައިވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް