ގއ ކަނޑުހުޅުދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރަން އުޅުން ބިދޭސީއަކު އެކްސްކަވޭޓަރަކުން ޖެހި އަނިޔާވެގެން މަރުވެއްޖެ އެވެ.
މިއަދު ހެނދުނު 8:45 ހާއިރު ހިނގި މި ހާދިސާގައި މަރުވެފައިވަނީ އިންޑިއާ އަށް ނިސްބަތްވާ 35 އަހަރުގެ ފިރިހެނެކެވެ. މި ބިދޭސީ މީހާއަކީ އެމްޓީސީސީ ގެ ފަރާތުން ކަނޑުހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. އޭނާ މަރުވެފައިވަނީ ކަނޑުހުޅުދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް 9:35 ހާއިރު އެވެ.
ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް، އަހުމަދު ޝަހީމް މީޑިއާ އަށް ހާމަކުރި ގޮތުގައި، އެކްސްކަވޭޓަރުން ޖެހި މަރުވި މީހާގެ ބޭރުފުށުން މާ ބޮޑެތި ޒަހަމްތަކެއް ފެންނަން ނެތް ކަމަށެވެ. އެހެން ނަމަވެސް އޭނާގެ އެތެރަހަށްޓަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް ނޭނގޭ ކަމަށެވެ.
މި މީހާ މާލެ ގެނައުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް