އިއްޔެ މާލެއަށް ވެހުން ބޯ ވިއްސާރާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ދިރާގުން ދެ ލައްކަ ރުފިޔާއާއި އެހެނިހެން އެހީތައް ފޯރުކޮށްދީފިއެވެ.
ދިރާގުން ބުނެފައިވާގޮތުގައި މި ކާރިސާގައި ގެއްލުންވި ފަރާތްތަކަށް އެހީވުމަށް އެ ކުންފުނިން ވަނީ 200،000 ރުފިޔާ ޑިޒާސްޓާ މެނޭޖްމަންޓަށް ހަދިޔާކުރަން ނިންމާފަ އެވެ. އަދި މީގެ އިތުރުން އެމަޖެންސީ ހޮޓްލައިންގެ ކަންކަން ހަރުދަނާ ކުރުމަށްވެސް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
އެ އެހީތައް ހަވާލުކުރުމަށް ރޭގެ ވަގުތެއްގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދާއި އެހެން ވެސް އެ ކުންފުނީގެ އިސްވެރިން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާ ބައްދަލުކުރައްވައިފަ އެވެ.
މި ބައްދަލު ވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ދިރާގުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެހީވެދިނުމަށް އިސްނެގީތީ އެ ކުންފުންޏަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވަާކަމަށާއި އަދި ދިރާގުން ވެދިން އެހީތެރިކަން ނަމޫނާއަކަށް ބަލައިގެން އެހެން ފަރާތްތަކުން ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.
ދިރާގެ ސީއީއޯ އިސްމާއިލް ރަޝީދް ވިދާޅުވެ ގޮތުގައި މި ކާރިސާގައި ޙާލުގައި ޖެހުނު ފަރާތްތައް އެމީހުންގެ ގެދުރުން ނިކުންނަން ޖުހުން ކަމާމެދު ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމަށާއި ދިރާގުން އެ އާއިލާ ތަކާއެކު ތިބިކަން ހާމަކޮށް ހަމްދަރުދީ ވެވަޑައިގެންފައެވެ. އަދި ދިރާގުން މިފަދަ އެހީއެއް ވުމުގެ އެންމެ ބޮޑު ބޭނުމަކީ ހާލުގައި ޖަހުނު ފަރާތްތަކަށް ދިމާވި ދަތިތައް ހައްލު ކޮށް ދިނުންކަމަށްވެސް އެބޭފުޅާ ހާމަ ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް