ކޮމަންވެލްތުގައި އަލުންް ބައިވެރިވުމަށް ނިންމި ނިންމުމަށް އިނގިރޭސި ވިލާތުން ތައުރީފްކޮށްފި

ރައީސް އިބްރާޙިމް މުޙައްމަދު ސާލިޙް ކޮމަންވެލްތުގައި ބައިވެރިވާން ނިންމި ނިންމުން މަޖިލީހުން ފާސްކޮށް ރާއްޖެ އަލުން ކޮމަންވެލްތާއި ބައިވެރިވާން ނިންމާފައިވާތީ އިނގިރޭސިވިލާތުން އެކަމަށް ތައުރީފްކޮށްފި...

06 Dec 2018 | 07:00

ރައީސް އިބްރާޙިމް މުޙައްމަދު ސާލިޙް ކޮމަންވެލްތުގައި ބައިވެރިވާން ނިންމި ނިންމުން މަޖިލީހުން ފާސްކޮށް ރާއްޖެ އަލުން ކޮމަންވެލްތާއި ބައިވެރިވާން ނިންމާފައިވާތީ އިނގިރޭސިވިލާތުން އެކަމަށް ތައުރީފްކޮށްފިއެވެ.

އިނގިޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވީ ރާއްޖެއިން އަލުން ކޮމަންވެލްތާއި ގުޅުމަށް ނިންމާފައިވާތީ އެކަމަށް ހިތްވަރުދެއްވާ ކަމަށެވެ.

ކޮމަން ވެލްތަކީ ދުނިޔޭގެ 50 ގައުމެއްގައި ހަރަކާތްތެރިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މެމްބަރ ގައުމުތަކަށް ލިބޭ ފައިދާ ތަކުގެ ތެރޭގައި ޑިމޮކްރާސީއާއި، ގޫޑް ގަވާނެންސް ހިންގަން ފަސޭހަވެގެން ދިއުން ހިމެނެއެވެ.

ރައްޔިތުނަ މަޖިލީހުގެ ބޮޑު ތާއީދަކުން ރާއްޖެއިން ކޮމަން ވެލްތުގައި ބައިވެރި ވުމަށް ވަނީ ނިންމާފައެވެ. މި ނިންމުމާެކު އިނގިރޭސިވިލާތުން ވަނީ ރާއްޖޭގައި އެމްބަސީއެއް ގާއިމް ކުރުމަށްވެސް ނިންމާފައެވެ.

ރާއްޖެއިން ކޮމަން ވެލްތުން ވަކިވެފައިވަނީ ކުރީގެ ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅަށް ފިޔަވެޅުއެޅުމަށް އެ ޖަމިއްޔާއިން މަސައްކަތް ކުރަން ފެށުމުންނެވެ. މިކަމާއި ގުޅިގެން ރާއްޖެއަށް ގިިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒު ވެފައެވެ. އަދި ކޮމަންވެލްތުން ދެމުންދިޔަ އެހީތަށްވެސް ވަނީ ހުއްޓާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް