ޓްރަމްޕްގެ އިއުލާނަށް ގަޑި ކުޑަތަން ވެއްޖެ އަރަބި ގައުމު ތަކުގެ އިންޒާރަށް ބަލާނެބާ !

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ބަލައިގަނެ އެކަން ރަސްމީކޮށް އިއުލާނު ކުރައްވަން އެމެރިކާގެ ރައީސް އަންނަނީ ތައްޔާރުވަމުންނެވެ. ކުރިއަށް އޮތް ގަޑިއެއްހާއިރުގެ ތެރޭގައި އެމެރިކާގެ ރައީސް އެކަނ...

06 Dec 2017 | 17:26

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ބަލައިގަނެ އެކަން ރަސްމީކޮށް އިއުލާނު ކުރައްވަން އެމެރިކާގެ ރައީސް އަންނަނީ ތައްޔާރުވަމުންނެވެ. ކުރިއަށް އޮތް ގަޑިއެއްހާއިރުގެ ތެރޭގައި އެމެރިކާގެ ރައީސް އެކަން އިއުލާނު ކުރައްވާނެ ކަމުގައި ރަސްމީ މަސްދަރުތަކުން ވަނީ ބުނެފަ އެވެ.

ޓްރަމްޕްގެ ސްޕީޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ 11:00ގައެވެ. އެއީ ޖީއެމްޓީ ގަޑިން 18:00 އެވެ.

އެމެރިކާގެ މި ނިންމުން އަރަބި ގައުމުތަކާއި ޓްރަމްޕް ހިއްސާ ކުރެއްވި ވަގުތުން ފެށިގެން އަރަބި ގައުމުތަކުން އަންނަނީ މިކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

އެގޮތުން ސައުދީ ރަސްގެފާނު ޓްރަމްޕްގެ އަރިހުގައި ދަންނަވާފައިވަނީ ސަލްމާން ބިން އަބްދުލް އަޒީޒް ވަނީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ނިންމައިފި ނަމަ މުޅި އަރަބި ދުނިޔޭގެ ރުޅިވެރިކަން އެމެރިކާ އަށް އަމާޒުވެ އިތުރު ހަމަނުޖެހުންތައް އުފެދޭނެ ކަމަށެވެ.

އުރުދުންގެ ރަސްގެފާނު އަބްދުﷲ ވިދާޅުވެފައިވަނީ އެމެރިކާގެ މި ނިންމުމުގެ ސަބަބުން ސުލްހައިގެ މަސައްކަތް ހުއްޓުމަކަށް ގެނެސް އިތުރު ހަމަނުޖެހުން އުފެދޭނެ ކަމަށެވެ.

މީގެ އިތުރުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ގުދުސް އަކީ މުސްލިމުންނަށް ރަތް ރޮނގެއް ކަމަށާއި އެ ރޮނގު އެއްވެސް ބަޔަކަށް ހުރަސް ނުކުރެވޭނެ ކަމަށް ވިދާޅުވެ އެމެރިކާ އަށް އިންޒާރު ދެއްވައިފަ އެވެ. އަދި އެމެރިކާގެ މި ނިންމުމާއި ދެކޮޅަށް ދުނިޔޭގެ އެންމެހާ މުސްލިމުން ތެދުވާނެ ކަމަށް އިރާނުގެ ރޫހާނީ ލީޑަރު ސައްޔިދު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ވިދާޅުވެފަ އެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އިޒްރޭލުގެ ގަދަބާރުގެ ދަށަށް ގެންގޮސްފައިވަނީ 1967 ވަނަ އަހަރު ކުރި މެދުއިރުމަތީގެ ހަނގުރާމައިގަ އެވެ. ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާ ސަރުކާރުން ވަނީ ނިންމާފައިވީނަމަވެސް ދުނިޔޭގެ އެއްވެސް ގައުމަކުން ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި ބަލައިގަނެފައެއް ނުވެ އެވެ އެމެރިކާއަކީ އެންމެ ފުރަތަމަ ގައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް