ޗައިނާގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެޤައުމުގައި ދިރިއުޅުއްވާ ދިވެހި ޢާއިލާތަކާއި، ދިވެހި ކިޔަވާ ކުދިންނާ މިރޭ ބައްދަ...

06 Dec 2017 | 15:38

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެޤައުމުގައި ދިރިއުޅުއްވާ ދިވެހި ޢާއިލާތަކާއި، ދިވެހި ކިޔަވާ ކުދިންނާ މިރޭ ބައްދަލު ކުރައްވައިފިއެވެ.

ރައީސްގެ މި ދަތުރުފުޅުގެ އަދާހަމަތައް ރައީސް އޮފީހުގެ މީޑިއާ އިން ހިއްސާ ކުރަމުން އަންނައިރު ރައީސް އޮފީހުން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ، ޗައިނާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް މިރޭ ބެއިޖިންގގެ ލެޖެންޑޭލް ހޮޓެލްގައި ބޭއްވެވި ހަފްލާގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ބޭއްވުމަށާއި، ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމުގައި ރައީސް އޮފީހުން ހާމަކުރައްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް