ސްޓޯރޭޖް ކެޕޭސިޓީ 512 ޖީބީ އެކުލެވޭ ފޯނު ޗިޕެއް ސެމްސަންގް އިން އުފައްދައިފި

ސްޓޯރޭޖް ކެޕޭސިޓީ 512 ޖީބީ އެކުލެވޭ ފޯނު ޗިޕެއް އުފައްދާފައިވާކަން ސެމްސަންގް އިން އިއުލާނު ކޮށްފި އެވެ. މި ކަން ހާމަކުރުމާއެކު ދެން ސެމްސަންގް އިން ނެރޭ ފޯނެއްގައި މި ޗިޕް ހިމަނާނެ ކަމުގައި މިހާރު މި...

06 Dec 2017 | 13:32

ސްޓޯރޭޖް ކެޕޭސިޓީ 512 ޖީބީ އެކުލެވޭ ފޯނު ޗިޕެއް އުފައްދާފައިވާކަން ސެމްސަންގް އިން އިއުލާނު ކޮށްފި އެވެ. މި ކަން ހާމަކުރުމާއެކު ދެން ސެމްސަންގް އިން ނެރޭ ފޯނެއްގައި މި ޗިޕް ހިމަނާނެ ކަމުގައި މިހާރު މިވަނީ ބެލެވިފަ އެވެ.

މި އަހަރު ނެރުނު ސްމާޓް ފޯނުތަކުގައިވެސް އެންމެ މައްޗަށް ހިމަނާފައިވާ ސްޓޯރޭޖް ކެޕޭސިޓީ އަކީ 256 ޖީބީ އެވެ. ނަމަވެސް އައިޕެޑް ޕްރޯ އަދި މައިކްރޮސޮފްޓް ސާފޭސްގައި 512 ޖީބީ ސްޓޯރޭޖް ހިމަނާފައި ވެ އެވެ.

ސެމްސަންގް އިން މިއަދު ހާމަކޮށްފައިވާގޮތުގައި އަލަށް އުފެއްދި ޗިޕަކީ މިހާރުވެސް ބޭނުންކުރަމުން އަންނަ ޗިޕްއާއި އެއްވަރަށް ތުނި ޗިޕެއް ކަމުން ބޭނުންކޮށްލަން ފަސޭހަ ވެފައި ނަތީޖާ ރަނގަޅު ވާނެ ކަމަށެވެ. އަދި ކުރިއަށްވުރެ ސްޕީޑް އަވަސްވާނެ ކަމުގައިވެސް ސެމްސަންގް އިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް