އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅެން ނިންމައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް ނިންމަވައި އެކަން އިއުލާނު ކުރައްވައިފި އެވެ. އުމަރު ނަސީރު މިކަން އިއުލާނު ކުރައްވާފައިވަނީ ބައެއް މީޑިއާތަކަށް ފޮނުއްވި މެސ...

06 Dec 2017 | 12:27

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް ނިންމަވައި އެކަން އިއުލާނު ކުރައްވައިފި އެވެ.

އުމަރު ނަސީރު މިކަން އިއުލާނު ކުރައްވާފައިވަނީ ބައެއް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި އެވެ.

އެ މެސެޖުގައި އުމަރު ނަސީރު ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް ނިންމެވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެޕާޓީ ތައްޔާރު ވަމުންދާތީ އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އަންނަ ހަފްތާގެ ތެރޭގައި އެ ޕާޓީއަށް ސޮއި ކުރައްވާނެ ކަމުގައިވެސް އެ މެސެޖުގައި އުމަރު ނަސީރު ވިދާޅުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް