ދ ކުޑަހުވަދޫގައި މިދިޔަ އާދީއްތަ ދުވަހު ހިންގި މާރާމާރީއަކާއި ގުޅިގެން ކުޑަ ހަތަރު ކުއްޖަކާއި އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައިކަމަށެވެ. ހައްޔަރު ކުރި ކުޑަ ހަތަރު ކުދިންނާއި އިތުރު މީހާގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ދީފައިވާކަމުގައިވެސް ފުލުހުން ބުނެ އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި މާރާމާރީ ހިނގާފައިވަނީ އެއްބަނޑު އެއްބަފާ ދެބެންގެ ދެމެދުގަ އެވެ. މި މާރާމާރީގައި އެކަކަށް އަނިޔާވެ އެ ރަށު ހޮސްޕިޓަލުން ފަރުވާދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް