ރާއްޖޭގައި މިހާރު ބޭނުންކުރަމުން އަންނަ އައު ދެ ރުފިޔާގެ ފައިސާ ފޮތީގެ އައު ޝިޕްމެންޓެއް ރާއްޖެ ގެނެސްފި އެވެ.
އައު ޝިޕްމެންޓެއް ގެނެސް ދައުލަތުގެ ހަޒާނާގައި މިހާރު ރައްކަކޮށްފައިވާއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފައިވަނީ ދެ ރުފިޔާގެ އައު ޝިޕްމެންޓެއް ރާއްޖެ ގެނެސްފައިވަނީ އިއްޔެ ކަމަށެވެ.
ކުރިން ބޭނުންކުރަމުންދިޔަ ދެ ރުފިޔާގެ ފައިސާ ފޮއްޗަށްވުރެ ލުއި، އައު ފައިސާފޮތި ބާޒާރަށް ނެރެފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހުގަ އެވެ. މި ދެރުފިޔާގެ ލުއި ފައިސާފޮތީގައި ދެމައުދަނެއްވަނީ ބޭނުންކޮށްފައެވެ. އެގޮތުން ބޭރުގައި ބޭނުންކޮށްފައިވަނީ ނިކަލް ބުރާސް އަދި އެތެރޭގައި ބޭނުންކޮށްފައިވަނީ ނިކަލް ޕްލޭޓެޑް ސްޓީލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް