ތައިލެންޑްގައި، ހަތް އަހަރުގެ އަންހެން ކުއްޖެއްގެ ފައިގާ ހިލިހިލާ ޖަހައިގެން އުޅުނު، މިޔަންމާ އަށް ނިސްބަތްވާ އަންހެނަކު ހައްޔަރު ކޮށްފި އެވެ.
އުމުރުން 33 އަހަރުގެ މި އަންހެންމީހާ ހައްޔަރުކޮށްފައިވަނީ އެކުއްޖާގެ ފައިގާ ހިލިހިލާ ޖަހާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމު ވުމުންނެވެ.
މި މައްސަލައިގާ ހައްޔަރުކޮށްފައިވާ، އެ ކުއްޖާގެ މަންމަކަމުގައިވާ މި އަންހެންމީހާ ބުނެފައިވަނީ އޭނާ އެކަންކުރީ އެ ކުއްޖާ ދެކެ ލޯބިން ކަމަށާއި، އެ ކުއްޖާއަކީ ހަލަނި ކުއްޖެއް ކަމުން މަގުމަތިން ދުއްވާ ކާރާއި ސައިކަލު ފަދަ ތަކެތިން ސަލާމަތް ކުރުމަށް ހިލިހިލާ ޖެހީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް އެ ކުއްޖާއަށް އަނިޔާ ކުރާކަމަށް ތަހުގީގުގައި އެ އަންހެންމީހާ ވަނީ އެއްބަސް ވެފަ އެވެ.
މި ކުއްޖާގެ މަންމަ ހައްޔަރުކޮށްފައިވާއިރު ފުލުހުން ވަނީ އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖާއާއި އެ ކުއްޖާގެ، އުމުރުން ނުވަ އަހަރުގެ ބޭބެ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް