ޤައުމީ ޔުނިވާސިޓީންވެސް ހުޅުމާލޭގައި 15 ބުރީގެ ދެ ޓަވަރު އަޅަނީ

ހިޔާ މަސްރޫއުގެ ދަށުން ހުޅުމާލޭގައި 15 ބުރީގެ ދެ ޓަވަރު އަޅަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ނިންމާ އެކަން ކޮށްދޭނެ ބަޔަކު ހޮދަން އެ ޔުނިވާސިޓީން އިއުލާނު ކޮށްފި އެވެ. އެ ޔުނިވާސިޓީން ކޮށްފައިވާ ...

06 Dec 2017 | 06:31

ހިޔާ މަސްރޫއުގެ ދަށުން ހުޅުމާލޭގައި 15 ބުރީގެ ދެ ޓަވަރު އަޅަން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ނިންމާ އެކަން ކޮށްދޭނެ ބަޔަކު ހޮދަން އެ ޔުނިވާސިޓީން އިއުލާނު ކޮށްފި އެވެ.

އެ ޔުނިވާސިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ޔުނިވަރސިޓީއަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ލިބިފައިވާ 10000 އަކަފޫޓުގެ ދެ ބިމުގައި 15 ބުރީގެ ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

15 ބުރީގެ ދެ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން ދިވެހިރާއްޖޭގެ ގައުމީ ޔނިވާސިޓީން އިއުލާނު ކޮށްފައިވާއިރު ސަރުކާރުގެ އިތުރު ބައެއް ކުންފުނިތަކުންވެސް ވަނީ ޓަވަރު އަޅަން ނިންމާ އެކަން އިއުލާނު ކޮށްފަ އެވެ. އެގޮތުން އެމްޑަބްލިއުއެސްސީ އިން 15 ބުރީގެ ދެ ޓަވަރު، ސްޓެލްކޯ އިން 15 ބުރީގެ 2 ޓަވަރު، ކަސްޓަމްސް އިން 15 ބުރީގެ 4 ޓަވަރު، އައިލެންޑް އޭވިއޭޝަން އިން 15 ބުރީގެ 3 ޓަވަރު، އެމްޓީސީސީ އިން 15 ބުރީގެ 2 ޓަވަރު، ވެމްކޯ އިން 15 ބުރީގެ ޓަވަރެއެ، އެމްއާރްޑީސީ އިން 15 ބުރީގެ ޓަވަރެއް، އެމްޕީއެލް އިން 14 ބުރީގެ ތިން ޓަވަރު، ފެނަކައިން 15 ބުރީގެ ޓަވަރެއް އަޅަން ނިންމާ އެކަން ވަނީ އިއުލާނު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް