15 ބުރީގެ ދެ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން އެމްޑަބްލިއުއެސްސީން އިއުލާނު ކޮށްފި

ހިޔާ މަސްރޫއުގެ ދަށުން ހުޅުމާލޭގައި 15 ބުރީގެ ދެ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ވޯޓަރ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އިއުލާނު ކޮށްފި އެވެ. މިކަން ހާމަކޮށް އެމްޑަބްލިއުއ...

06 Dec 2017 | 06:14

ހިޔާ މަސްރޫއުގެ ދަށުން ހުޅުމާލޭގައި 15 ބުރީގެ ދެ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ވޯޓަރ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އިއުލާނު ކޮށްފި އެވެ.

މިކަން ހާމަކޮށް އެމްޑަބްލިއުއެސްސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެ ކުންފުންޏަށް 15 ބުރީގެ ދެ އިމާރާތް އަޅައިދޭން ޝައުގުވެރިވާ ފަރާތްތަކުން، މިހިނގާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ 00;15 ކުރިން އެ ކުންފުނީގެ މައި އޮފީސް (ފެން ބިލްޑިންގެ ފަސް ވަނަ ފަންގިފިލާ)އަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

15 ބުރީގެ ދެ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން އެމްޑަބްލިއުއެސްސީން އިއުލާނު ކޮށްފައިވާއިރު ސަރުކާރުގެ އިތުރު ބައެއް ކުންފުނިތަކުންވެސް ވަނީ ޓަވަރު އަޅަން ނިންމާ އެކަން އިއުލާނު ކޮށްފަ އެވެ. އެގޮތުން ސްޓެލްކޯ އިން 15 ބުރީގެ 2 ޓަވަރު، ކަސްޓަމްސް އިން 15 ބުރީގެ 4 ޓަވަރު، އައިލެންޑް އޭވިއޭޝަން އިން 15 ބުރީގެ 3 ޓަވަރު، އެމްޓީސީސީ އިން 15 ބުރީގެ 2 ޓަވަރު، ވެމްކޯ އިން 15 ބުރީގެ ޓަވަރެއެ، އެމްއާރްޑީސީ އިން 15 ބުރީގެ ޓަވަރެއް، އެމްޕީއެލް އިން 14 ބުރީގެ ތިން ޓަވަރު، ފެނަކައިން 15 ބުރީގެ ޓަވަރެއް އަޅަން ނިންމާ އެކަން ވަނީ އިއުލާނު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް