ތޫފާން އޯޗީގައި، ލަންކާގެ 30 މަސްބޯޓެއް އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފި އެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދުނު ތޫފާން "އޯޗީ" ގެ ސަބަބުން ބޭރުގެ ގިނަ އަދަދެއްގެ އުޅަނދުފަހަރު، ދިވެހިރާއްޖޭގެ އިޤްތިސާދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހާލުގައިޖެހި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވަމުންދާކަމުގެ ޚަބަރު އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ ލިބިފައި ކަމަށެވެ.
"މިދުވަސްވަރަކީ ތޫފާން "އޯޗީ" އާއި ގުޅިގެން ގިނައަދަދަކަށް ލަކުޑި ފަދަ ތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮޔާދާ ދުވަސްވަރަކަށް ވާތީވެ، ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ." އެމްއެންޑީއެފުން ބުނެފައި ވެ އެވެ.
އަދި ރާއްޖޭގެ އުތުރާއި ހުޅަނގުއުތުރުން ސްރީލަންކާގެ 30 މަސްބޯޓެއް އޮޔާދާކަމުގެ މަޢުލޫމާތު، ސްރީލަންކާގެ އެމްބަސީއިން ވަނީ، އެމްއެންޑީއެފް ކޯސްޓްގާޑަށް އަންގާފައިވާކަމުގައިވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ ވީމާ ދިވެހި މަސްވެރިންނާއި ދަތުރުވެރިން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި ހާލުގައި ޖެހިފައިވާ އުޅަނދެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑް ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުއްވައި ދެއްވުމަށް ދަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް