ގއ ވިލިނގިލީގައި މަގުހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ދެމީހަކު ކަރަންޓްޖެހި ހާލު ސީރިއަސްވެފައިވާއިރު އޭގެ ތެރެއިން އެކަކު ނިޔާވެއްޖެ އެވެ.
ނިޔާވެފައިވަނީ އެ ރަށު ޒިއުރިކްވިލާ އަހުމަދު ތައުފީގް އެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ 7:00 ހާއިރު އެވެ.
ހާދިސާގައި އަހުމަދު ތައުފީގް ނިޔާވެފައި ވާއިރު ކަރަންޓް ޖެހުނު ދެވަނަ މީހާގެ ހާލުވެސް ސީރަސް ކަމަށް މައުލޫމާތު ލިބެ އެވެ. ވިލިނގިލީ ހޮސްޕިޓްލަގއި މިހާރު ފަރުވާ ދެމުން ދަނީ އެރަށު ހަނދުފެންނަގޭ ޝަހުނީޒް މުހައްމަދު ކިޔާ ޒުވާނަކަށެވެ.
މި ހާދިސާގައި ނިޔާވެފައި ވާ އަހުމަދު ތައުފީގު އާއި ފަރުވާ ދެމުން އަންނަ ޝަހުނިޒް މުހައްމަދު އަކީ ފެނަކަކޯޕަރޭޝަންގެ އެރަށު ބްރާންޗްގެ ދެ މުވައްޒަފުންނެވެ.
ކަރަންޓް ޖެހުމުގެ ހާދިސާ ހިނގާފައިވަނީ އެ ރަށުގެ މަގުހެދުމަށް އެމްއާރްޑީސީ އިން ހޮޅި އަޅަން މަގު ކޮންނަން އުޅުމުގެ ތެރޭގައި ކަރަންޓް ނަރަކަށް ގެއްލުންވެގެން އެ ނަރު މަރާމާތު ކުރަން އުޅުމުގެ ތެރޭގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް