ގިރިފުށީގައި މިހާރު ކުރިއަށްދާ 17 ވަނަ ކެޑޭޓް ކޭމްޕުގެ ބައިވެރިންނަށް ކުށް މަދުކުރުމާއި ބެހޭގޮތުން މަޢުލޫމާތު ދީފިއެވެ.
ފުލުހުން ބުނީ މި ޑިސެމްބަރ ތިން ވަނަ ދުވަހުގެ މެންދުރު ގިރިފުށީގައި ކުރިއަށް ގެންދިޔަ ސެޝަނަކީ ކުށްމަދުކުރުމާއި ކުށަށް އަރައިގަނެވޭ ސަބަބުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ގޮތުން ފުލުހުން ނަގައިދިން ސެޝަނެއް ކަމަށެވެ.
"އެގޮތުން މި ސެޝަންގައި ވަނީ ކުށަކީ ކޮބައިކަމާއި ކުށަށް އަރައިގަނެވޭ ސަބަބުތަކާއި ކުށްމަދު އަމާން ވެށްޓެއް ޤާއިމްކުރުމުގައި ދަރިވަރުންގެ ދަޢުރަކީ ކޮބައިކަމާއި ބެހޭގޮތުން މަޢުލޫމާތު ދީފައި، މީގެއިތުރުން މި ސެޝަންގައި ވަނީ ފުލުހުންގެ މަސައްކަތްތަކާއި ފުލުހުންގެ ދަޢުރާއި ބެހޭގޮތުންވެސް މަޢުލޫމާތު ދީފައިވޭ" ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މި ސެޝަންގައި މަޢުލޫމާތު ދީފައިވަނީ ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު ޝަރީފް ކަމަށެވެ.
ގިރިފުށީގައި ކުރިއަށްދާ މި ކޭމްޕުގައި ރާއްޖޭގެ އެކި ސްކޫލުތަކުން ޖުމްލަ 139 ދަރިވަރުން ބައިވެރިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް