ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ޕީޖީން ބުނެފައިވަނީ މުންދުގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތްތަކަށް ނާޖާއިޒު ފައިދާ ހޯދައިދިންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނެތުމުން ކަމަށެވެ.
މިނިވަންކަމުގެ ރަން ޔޫބީލްގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރަސްމީ ޖާފަތް ތައްޔާރުކުރުމަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ނިއު ޕޯޓާ ހަވާލުކުރި ކަމުގެ ތުހުމަތުގައި މުންދުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް