އޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފި

މިއަހަރު ނޮވެންބަރު މަހުގެ 25 ވި ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކުރެއްވި "އޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ބިލު" ރައީސުލްޖުމްހޫރިއް...

06 Dec 2015 | 09:43

މިއަހަރު ނޮވެންބަރު މަހުގެ 25 ވި ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކުރެއްވި "އޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ބިލު" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޞްދީޤް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.

އޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ޤާނޫނަކީ، ދިވެހިރާއްޖެއަށް އެތެރެކުރެވޭ އަދި ދިވެހިރާއްޖޭގައި ބޭނުންކުރާ އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާތަކާއި، އެ ކެމިކަލް މާއްދާތައް އެކުލެވޭ އާލާތްތަކާއި، މިފަދަ ކެމިކަލް މާއްދާތަކުގެ ބަދަލުގައި ބޭނުންކުރާ ކެމިކަލް މާއްދާތަކާއި، އެ ކެމިކަލް މާއްދާތައް އެކުލެވޭ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން މަދުކުރުމާއި ހުއްޓާލުމާބެހޭ ޤާނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް