ސަސްޓޭނަބްލް ޑިވެލޮޕްމެންޓު ގޯލްސް (އެސްޑީޖީ) ވޯރކްޝޮޕުގައި ބައިވެރިވުމަށް ރާއްޖޭގެ ދެ ނޫސްވެރިއަކު ނިއުދިއްލީއަށް މިއަދު ފުރައިފިއެވެ.
ނިއުދިއްލީއަށް މިއަދު ފުރި ދެނޫސްވެރިންނަކީ ދުވަސްއެމްވީގެ ފަރާތުން މުޙައްމަދު އަފްރާޙު އާއި ސީއެންއެމްގެ ފަރާތުން ފާތުމަތު ނިހާމާއެވެ.
މާދަމާއިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ނިއުދިއްލީގައި ބާއްވާ މި ވޯރކްޝޮަޕަކީ ޖިންސީ ތަފާތުކުރުންތައް ނައްތާލާ ހަމަހަމަ އުޞޫލަކުން ކަންތައް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ބަލާލާ، އެސްޑީޖީ ގޯލްސްއަކީ ކޮބައިކަމާއި އެގޯލްސްތައް ކާމިޔާބު ކުރުމަށް ކުރެވިދާނެ ކަންޔައްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ވޯރކްޝޮޕެކެވެ.
ދުނިޔޭގެ ތަފާތު ޤައުމުތަކުން ބައިވެރިވާ މި ވޯރކްޝޮޕުގައި ރާއްޖޭގެ ފަރާތުންވެސް ވާހަކަދައްކާ ދިމާވެފައިވާ ގޮންޖެހުންތަކާއި އެގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތައް ޙިއްޞާ ކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް