މަސްތުވާތަކެއްޗާއެކު އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި ފަސް ސެލޯފިންކޮޅާއެކު އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި އެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 26...

06 Dec 2015 | 06:33

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި ފަސް ސެލޯފިންކޮޅާއެކު އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 26 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ އަންހެނެކެވެ.

ފުލުހުން ބުނީ މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި މާފަންނު ޕޮލިސް ސްޓޭޝަނުގެ ފުލުހުންނަށް މި ދެމީހުންގެ ޢަމަލުތައް ހުރިގޮތުން މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތުކުރެވިގެން މި ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ 05:15 ހާއިރު ކަމަށެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓާއި ސެލޯފިންކޮޅުތަކުގެ ތެރެއިން ރަބަރު ޕެކެޓް ފެނިފައިވަނީ މި މީހުން މަގުމަތިން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ވަގުތު 28 އަހަރުގެ މީހާ ހުރިދިމާ ބިންމައްޗަށް ވައްޓާލި ތަނުންނެވެ. އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅުތައް ފެނިފައިވަނީ 28 އަހަރުގެ މީހާ ބަލައިފާސްކުރިއިރު އޭނާގެ ވޮލެޓް ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކުރެވިގެން ކަމަށާއި އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަސްތެރެއިން 3000 ރުފިޔާ ފެނިފައިވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންގެ ތެރެއިން އަންހެން މީހާއަކީ މާރާމާރީއާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށާއި އަދި 28 އަހަރުގެ މިހާއަކީ މާރާމާރީ އާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ބަރަހަނާ ފޮޓޯ އާއި ފިލްމު ގެންގުޅުމުގެ މައްސަލައެއްގެ ރެކޯޑްސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް