ޑޮކްޓަރަށް ދެއްކުމަށް ރައީސް ނަޝީދު އޭޑީކޭއަށް ގެންގޮސްފި

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޑޮކްޓަރަށް ދެއްކުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފި އެވެ. ދުވަހަށް މައުލޫމާތު ލިބިފައި ވ...

06 Dec 2015 | 05:18

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޑޮކްޓަރަށް ދެއްކުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައި ވާގޮތުގައި ޑޮކްޓަރަށް ދެއްކުމަށް ރައީސް ނަޝީދު އޭޑީކޭއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 9:30 ހާއިރު އެވެ.

ސިއްހީ ފަރުވާއަކަށް ރައީސް ނަޝީދު އޭޑީކޭއަށް ގެނެސްފައިވަނީ ކަރެކްސަނަލް ސާވިސްގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް ރައީސް ނަޝީދު އޭޑީކޭއަށް ގެނައީ ކޮންކަހަލަ އާލާސްކަންފުޅަކާއި ގުޅިގެންކަން ސާފުވާގޮތް ވަނީ ނުވެފަ އެވެ.

އޭޑީކޭއަށް ގެނެސް ފަރުވާ ދިނުމަށްފަހު އެ ރައީސް ނަޝީދު ވަނީ މާލޭ ޖަލަށް ގެންގޮސްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް